Ministry of Housing and Infrastructure | Welcome
 • ބ. ފުޅަދޫ ބަނދަރު ހެދުމުގެ މަޝްރޫޢުގައި ސޮއިކޮށްފިއެވެ.

  20 ސެޕްޓެމްބަރ 2018 : 13:43

  މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އާއި މޯލްޑިވްސް ޓްރާސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީއާ އެކު ބ. ފުޅަދޫ ބަނދަރު ހެދުމުގެ މަޝްރޫޢުގައި ސޮއިކޮށްިފއެވެ. މި މަޝްރޫޢަށް ސަރުކާރުގެ ބަޖެޓުން 23,880,888.40ރ ޚަރަދުކުރާއިރު، މި މަސައްކަތް ނިންމުމަށް ސޮއިކޮށްފައިވަނީ 8 މަސްދުވަހުގެ މުއްދަތުގައެވެ. މި މަޝްރޫޢުގައި 250×300 ފޫޓުގެ ބަނދަރުގެ އިތުރުން، 114މީޓަރުގެ ބޭރުތޮށްޓަކާއި،172 މީޓަރުގެ އެއްގަމުތޮށްޓެއް އަދި 60 މީޓަރުގެ ރިވެޓްމަންޓް ޖެހުމަށް ވަނީ ނިންމާފައެވެ. ސޮއި ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަމުން އެމް.ޓީ.ސީ.ސީގެ ޗީފް ފައިނޭންޝިއަލް އޮފިސަރ ވިދާޅުވީ ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ރަނގަޅު ފެންވަރެއްގައި މި ބަނދަރު ތަރައްގީ ކުރެވި ސަރުކާރާ ހަވާލުކުރެވިގެން ދާނެކަމަށެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑރ. މުޙައްމަދު ...ތަފްޞީލް

 • ފުވައްމުލަކު ތަަރައްޤީ ކުރެވުނު 1500 ހައުސިންގ ޔުނިޓުގެ މަޝްރޫޢުގެ ނިމުން ފާހަގަކޮށްފިއެވެ.

  15 ސެޕްޓެމްބަރ 2018 : 16:12

  ރައީސުލްޖުމްހޫރިއްޔާ އަބދުﷲ ޔާމީން އަބްދުލް ޤައްޔޫމް އައްޑޫ އަތޮޅާއި ފުވައްމުލަކަށް ކުރަށްވާ ރަސްމީދަތުރުފުޅުގައި ފުވައްމުލަކުގައި ތަރައްޤީކޮށްފައިވާ 1500 ހައުސިންގ ޔުނިޓުގެ މަޝްރޫޢުގެ ނިމުން ފާހަގަކޮށްފިއެވެ. ޗައިނާ ސަރުކާރުގެ ލޯން އެހީގެ ދަށުން ކުރިއަށްގެންދެވުނު މި މަޝްރޫޢަކީ 136,627,126.70 ރުފިޔާ ޚަރަދު ކުރެވުނު މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ކޮންޓްރެކްޓަރ ޗައިނާ މެޝިނަރީ އެންޑް އިންޖިނިއަރިންގ ކޯޕަރޭޝަން އިން 15 ފެބްރުއަރީ 2015ގައި އަމަލީ މަސައްކަތް ފެށި 31 މާރިޗު 2017ގައި ވަނީ ނިމިފައެވެ. މި ރަސްމިއްޔާތުގައި ރައީސްގެ އަރިހުން މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. މުޙައްމަދު މުޢިއްޒު، މިނިސްޓަރ އޮފް އެންވަޔަރަމަންޓް އެންޑް އެނާރޖީ ތޯރިޤް އިބްރާޙިމް އާއި ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވިއެވެ.

 • ރަޢީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ސ. ހުޅުމީދޫގައި ހިންގި ފަސް މަޝްރޫޢަކާއި ސ. މަރަދޫ، މަރަދޫފޭދޫ، ފޭދޫގައި ހިންގި ދެ މަޝްރޫޢެއް އަދި ސ. ހިތަދޫގައި ހިންގި ހަތަރު މަޝްރޫޢެއްގެ ނިމުން ފާހަގަކޮށްފިއެވެ.

  14 ސެޕްޓެމްބަރ 2018 : 22:53

  ޗައިނާ ސަރުކާރުގެ ލޯނު އެހީގެ ދަށުން ސ. ހުޅުމީދޫގައި 32,790,510.40 ރުފިޔާ ޚަރަދުކުރެވިގެން އިމާރާތް ކުރެވުނު ހައުސިންގ ޔުނިޓުގެ މަސައްކަތް 1 އޮކްޓޫބަރު 2015 ގައި ފެށި 15 މާރިޗު 2017ގައި ވަނީ ނިމިފައެވެ. މީީގެ އިތުރުން، ސ. މަރަދޫ، މަރަދޫފޭދޫ، ފޭދޫގެ ބިން ހިއްކުމުގެ މަޝްރޫޢަށް 173,111,828.16 ރުފިޔާ ޖުމްލަ ވަނީ ޚަރަދުކުރެވިފައެވެ. މި މަޝްރޫޢުގެ ދަށުން 50 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ. އަދި، 60. 037، 710،149 ރުފިޔާ ޚަރަދުކުރެވިގެން ސ. ހިތަދޫގައި ޤާއިމް ކުރެވުނު 1500 ހައުސިންގ ޔުނިޓުގެ މަޝްރޫޢުގެ ނިމުން ވެސް މި ރަސްމިއްޔާތުގައި ފާހަގަކޮށްފައިވެއެވެ.ި މިއަދުގެ ރަސްމިއްޔާތުތަކުގައި ރައީސްގެ އަރިހުން މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. މުޙައްމަދު މުޢިއްޒު، މިނިސްޓަރ އޮފް ...ތަފްޞީލް

cawturwbwK egIruk

ގދ. ތިނަދޫގައި ހިންގި ހަތް މަޝްރޫޢެއްގެ ނިމުން ފާހަގަކޮށްފިއެވެ.

11 ސެޕްޓެމްބަރ 2018 : 15:31

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ގދ. ތިނަދޫ އިސްލާމީ މަރުކަޒު، އާބާދީ މައިޒާން، ބިން ހިއްކުމާއި ހިއްކާފައިވާ ސަރަހައްދު ހިމާޔަތްކުރުން، 120 ހައުސިންގ ޔުނިޓު އިމާރާތްކުރުން އަދި ބަރާސީލް ސަރަޙައްދުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢޫގެ ނިމުން ފާހަގަކޮށްފިއެވެ. ތިނަދޫގައި އިމާރާތްކޮށްފައިވާ 120 ހައުސިންގ ޔުނިޓުތައް ވަރަށް އަވަހަށް ރައްޔިތުންނާ ހަވާލުކުރާނޭކަން ...ތަފްޞީލް

ރައީސް އަބްދުﷲ ޔާމީން ލ. ގަމުގެ ބަނދަރު ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ.

08 ސެޕްޓެމްބަރ 2018 : 19:30

ރައީސް އަބްދުﷲ ޔާމީން ލ. އަތޮޅުގެ ރަށްތަކަށް ކުރަށްވާ ރަސްމީ ދަތުރުފުޅުގައި ލ. ގަމަށް ވަޑައިގަންނަވާ އެރަށު ބަނދަރު ރަސްމީކޮށް ހުޅުއްވަިދެއްވައިފިއެވެ. މިއަދު ބޭއްވި މި ރަސްމިއްޔާތުގައި މި މަޝްރޫޢުގެ ހަނދާނީ ބިނާގެ ފަރުދާ ކައްސަވާދެއްވީ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްއެވެ. ދަޢުލަތުގެ ބަޖެޓުން 50،994،195.51 ރުފިޔާ ޚަރަދުކުރަށްވައިގެން ...ތަފްޞީލް

ލ. ލިންކް ރޯޑް ރަސްމީކޮށް ހުޅުއްވައިދެއްވައިފި.

08 ސެޕްޓެމްބަރ 2018 : 18:18

ރައީސުލްޖުމްހޫރިއްޔާ ލ. އަތޮޅުގެ ރަށްތަކަށް ކުރަށްވާ ރަސްމީދަތުރުފުޅުގައި، މިއަދު ލ. ގަމުގައި ބޭއްވި ރަސްމިއްޔާތުގައި، އެރަށުގައި ތަރަށްޤީކޮށްފައިވާ ލިންކް ރޯޑް ހުޅުއްވައިދެއްވައިފިއެވެ. 17 ކިލޯމީޓަރުގެ ދިގު މަގުގެ މަސައްކަތް އެއްކޮށް ނިމިފައި ވަނީ އޮގަސްޓެް 2016 ގައެވެ. 447,000,000.00 ރުފިޔާގެ މި މަޝްރޫޢަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ...ތަފްޞީލް

އިތުރަށް ވިދާޅުވުމަށްWdOh

cnWluAia

cscDOlcnuawD

utwBuruf egWfIzwv

cawtudiAWVwq iaWnUnWq

cDOk gcniDclib

WyiDImiTclwm

ރަސްފަންނާއި ގުޅޭގޮތުން މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ.މުޙައްމަދު މުޢިއްޒު ނޫސްވެރިންނަށް މަޢުލޫމާތު ދެއްވުން – 6 އޭޕްރިލް 2016